ބަނގުރާ ކަމަށް ޝައްކުކުރެވޭ ފުޅިތަކެއް ހިފައިގެން ހުޅުމާލޭގައި ދަތުރުކުރި އުޅަނދެއް ހުއްޓުވައި، އެ ތަކެތި އުފުލި ދެ މީހުން ހައްޔަރުކޮށްފި އެވެ.

އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި ފުޅިތަކެއް އަރުވައިގެން ދަތުރުކުރާ ކަމަށް ޝައްކުކުރެވުނު އުޅަނދެއް ބަލައި ފާސްކުރަން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

“އެކްސް” ގައި ކުރި ޕޯސްޓެއްގައި ފުލުހުން ބުނީ ރޭ 9:55 ހާއިރު، އެ އުޅަނދު ހުއްޓުވައި ބަލައި ފާސްކޮށްފައިވާ ކަމަށެވެ. ބަލައި ފާސްކުރިއިރު، ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި 54 ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި އެ މައްސަލަ އާ ގުޅިގެން އެ ތަކެތި ހިފައިގެން ދަތުރުކުރި ދެ ބިދޭސީން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމުގަ އެވެ. އެއީ ސްރީ ލަންކާއަށް ނިސްބަތްވާ ދެ މީހުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ އުޅަނދު ޓޯކޮށް ފުލުހުން ގެންދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *