
މާލޭގައި ބަނގުރަލުގެ ވިޔަފާރިކޮށް، އެ ބޭނުންކުރާކަމުގެ ތުހުމަތުގައި އިންޑިއާއަށް ނިސްބަތްވާ 5 މީހުންގެ ގުރޫޕެއް ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މި ހަ މީހުން ހައްޔަރުކޮށްފައި ވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މި ޑިސެމްބަރު މަހުގެ 29ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަންގައި ކަމަށެވެ. އަދި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަންގައި މާލެ، މައްޗަންގޯޅީގައި ހުރި ގެއެއް ބަލައިފާސްކޮށް، ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 4 ފުޅިއާއި 5 ލިޓަރުގެ ފުޅިއެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ބަނގުރާ އުފައްދައި، ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން 5 މީހުން ހައްޔަރުކޮށްފިhttps://t.co/zq0Ye6Vsd3 pic.twitter.com/xzdseuE0zT
— Maldives Police (@PoliceMv) December 31, 2025
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ޕެރިޔަ (44އ)، ސަރަވަނާން ސުބާއިހް (43އ)، ސިތްރިމަން ގަނިސަން (53އ)، ރަވިންދުރަ ކުމާރު (37އ)ގެ އިތުރުން ރާޖާ ރަމަލިންގަމް (47އ)އެވެ. މި އެންމެން ވެސް ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި މައްސަލަ ފުލުހުން ޑްރަގް އެންފޯސްމަންޓުން ގެންދަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.













































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































