ރޯދަ މަހުގެ ފުރަތަމަ 15ގައި ޒަކާތުގެ ގޮތުގައި 5.5މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ޒަކާތުގެ ތަފާސް ހިސާބު ރާއްޖޭގެ ޒަކާތު ހައުސްއިން އާންމުކުރީ މިއަދުއެވެ.

އެގޮތުން މިދިޔަ އަހަރު ރޯދައިގެ ފުރަތަމަ 15ގައި ފިތުރު ޒަކާތުގެ ގޮތުގައި 4.5މިލިއަން ރުފިޔާ ލިބުނުއިރު މި އަހަރުގެ ރޯދަ މަހު ފުރަތަމަ 15ގައި 5.5މިލިއަން ރުފިޔާ ލިބިފައިވާކަމަށް ޒަކާތު ހައުސްއިން ބުންޏެވެ.

މިއީ މިދިޔަ ރޯދަ މަހާ އަޅާބަލާއިރު 23ޕަސެންޓް އިތުރު އަދަދެކެވެ.

މި ރޯދަ މަހުގެ ފަހު ދުވަހާ ހަމައަށް ޒަކާތް ބަލައިގަންނަ ގޮތަށް ހަމަޖައްސައިފައިވާއިރު އޮންލައިންކޮށް ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 27އަށް ހަތް ޕްލެޓްފޯމަކުން ބަލައިގަންނާނެއެވެ.

އޭގެ ތެރޭގައި ހިމެނެނީ

  • ދިރާގު ޕޭ
  • އުރީދޫ އެމްފައިސާ
  • އިސްލާމިކް ބޭންކް މޮބައިލް އެޕް
  • ބީއެމްއެލް މޮބައިލް އެޕް
  • އަވަސް އެޕް

އޭގެ އިތުރުން ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެންމެ ފަހު ދުވަހާ ހަމައަށް ފަހިޕޭ އަދި ފިނޭންސް މިނިސްޓްރީ ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށް ވެސް އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކޭނެއެވެ.

Leave a Reply