
މާފަންނު ތައިބާ މިސްކިތް ކައިރީ ހުރި ކެމިކަލް ގުދަނެއްގައި ރޯވެ، ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ހުރި 10 ގެއެއްގެ 77 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.
ރޯވެ އަނދާ އަޅިއަށްވެފައި ވަނީ އެކިކަހަލަ ކެމިކަލާއި ގަސް ކާނާ އެތެރެކުރާ ޕްރައިމް ފާޓިލައިޒާގެ ގުދަނެއްގައެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް (އެންޑީއެމްއޭ) އިން ބުނީ ރޭގެ 2:30 އާ ހަމައަށް ޖުމްލަ 15 ގެއަކުން 454 މީހުން އިވެކުއޭޝަން ސެންޓަރުގައި ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. އެއީ 69 އަންހެނުނާއި 385 ފިރިހެނުންނެވެ. އޭގެ ތެރޭގައި 302 ބިދޭސީން ހިމެނެއެވެ.
އަދި ވަގުތީ ގޮތުން އެހީތެރިކަން ބޭނުންބާ 10 ގެއެއްގެ 77 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާރު،280 ބިދޭސީއަކު އެމީހުންގެ ވެރިފަރާތާ ހަވާލުކޮށްފައިވެއެވެ. އަދި 20 ބިދޭސީއަކު ދިވެހި ރެޑް ކެރެސެންޓާ ހަވާލުކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
އެ ސަރަހައްދުގައި ދިރިއުޅެމުންދިޔަ ބައެއް އާއިލާތަކުން ވަނީ އާއިލީ އެހެން ގޭގެއަށްވެސް ބަދަލުވެފައެވެ.
“މި 15 ގެވެސް ހުސްކުރަން ޖެހުނީ ބޯ ދުމުގެ ސަބަބުން. މި ހާދިސާގެ އަސަރުކޮށްގެން 7 ފަރާތަކަށް ހޮސްޕިޓަލުން ފަރުވާ ދެވުނު. މިހުރިހާ ފަރާތެއްގެވެސް ހާލު ސްޓޭބަލް،” އެންޑީއެމްއޭއިން ބުންޏެވެ.
މި އަލިފާނުގެ ހާދިސާގައި ގުދަނުގައި ހުރި ސާމާނާއެކު ތަން ވަނީ ބޭނުން ނުކުރެވޭ ވަރަށަ އަނދާ ހުލިވެފައެވެ.




















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































