
ރިސޯޓެއްގެ ޑަސްޕިނެއްގެ ތެރެއިން ތުއްތު ކުއްޖަކު ފެނިއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، ވ. އަތޮޅު ރިސޯޓެއްގައި 27 އަހަރުގެ ދިވެހި އަންހެނަކު ބަލިވެއިނދެ، ކުއްޖާ ބައިގެންގޮސް ނިޔާވެފައިވާ މައްސަލައެއް 26 ޑިސެމްބަރު 2025ވަނަ ދުވަހު ހެނދުނު 10:06 އެހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ވ އަތޮޅު ސިނަމަން ވިލުފުށީ ރިސޯޓުގައި ކައިވެނިން ބޭރުން އަންހެނަކު ބަލިވެއިނދެ, ސްޓާފް އެކޮމޮޑޭޝަނަށް ވިހާފައިވާ ކަމަށްވެއެވެ. އަދި އެ އެކޮމޮޑޭޝަން ބްލޮކުގައި ހުރި ޑަސްޕިނަކުން ތުއްތު ކުއްޖަކު ފެނިފައިވާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.
އެ ސަރަހައްދުން ކުނިވަސް ދުވައިގެން ހޯދަމުން ދަނިކޮށް، އެ ސަރަހައްދުގައި ބަހައްޓާފައި ހުރި ޑަސްޕިނަކުން ތުއްތު ކުއްޖާ ފެނިފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި އެ ތުއްތު ކުއްޖާގެ ބަރުދަނުގައި ދެ ކިލޯ ހުރި ކަމަށް ވެސް މައުލޫމާތު ލިބެއެެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.













































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































