
ރާއްޖޭގެ ހުރިހާ އެއާޕޯޓެއް ވެސް ހިންގާނީ ދިވެހީން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާގެ “ދަ ހިންދޫ” އިނ ރިޕޯޓްކުރި ގޮތުގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް އިންޑިއާ ކުންފުނިތަކުން ހިންގަދޭން އެދި ދިވެހި ސަރުކާރުން އޮތީ އެދިފައެވެ. އެގޮތަށް އެދިވަޑައިގެންނެވީ މިދިޔަ ނޮވެމްބަރު މަހު އެ އެއާޕޯޓު ރަަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ސީދާ ރައީސް މުއިއްޒުކަމަށް ވެސް އެ ނޫހުން ބުނެފައި ވެއެވެ.
އިންޑިއާ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ ދަ ހިންދޫއިން ބުނީ އެކަމާ ގުޅޭ ޕްރޮޕޯސަލްތައް ދިރާސާކުރަން އިންޑިއާގެ އެއާޕޯޓްސް އޮތޯރިޓީއަށް ސަރުކާރުން އެދިފައިވާ ކަމަށެވެ.
All airports in the Maldives, both international and domestic, are managed and operated by Maldives Civil Aviation Authourity approved Maldivian operators.
The Government remains firmly committed to keeping airport operations under national institutions.— Mohamed Ameen (@ameen3d) January 2, 2026
ދަ ހިންދޫން އެކަން ރިޕޯޓްކޮށްފައި ވަނިކޮށް ޓްރާންސްޕޯޓް މިނިސްޓަރު އެކްސްގައި މިއަދު ވިދާޅުވީ ރާއްޖޭގައި މިހާރުވެ ހިންގާ އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް އެއާޕޯޓުތައް ހިންގަނީ ސިވިލް އޭވިއޭޝަންގެ ހުއްދައާއެކު ދިވެހި އޮޕަރޭޓަރުން ކަމަށެވެ.
އަދި ކުރިއަށް އޮތް ތަނުގައިވެސް އެއާޕޯޓުތައް ދިވެހީން އޮޕަރޭޓްކުރާ ގޮތަށް ބާއްވަން ސަރުކާރުން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ ކުރިން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގަން ޖީއެމްއާރު ކުންފުންޏާ ހަވާލުކުރި އެވެ. ނަމަވެސް 2012 ވަނަ އަހަރު ވަނީ އެ އެއްބަސްވުން ބާތިލުކޮށް އަލުން އެއާޕޯޓު ދިވެހި ދައުލަތަށް ނަގައިފަ އެވެ.













































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































