
މި އަހަރުގެ އިންޓަނޭޝަނަލް ޔޯގާ ޑޭ ރާއްޖޭގައި ފާހަގަކޮށްފި އެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގެ ރަސްމީ އެކައުންޓުން “އެކްސް” ގައި ކުރި ޕޯސްޓެއްގައި ބުނީ ޔޯގާ ޑޭ ފާހަގަކޮށްފައިވަނީ ތާޖް ރިސޯޓުގައި ކަމަށެވެ.
އަދި އެ ހަރަކާތުގައި 500އަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް އެ ޕޯސްޓުގައި ފާހަގަކޮށްފައިވެ އެވެ.
އެ ހަރަކާތް ޝަރަފުވެރިކޮށްދެއްވީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް އާމިރު އެވެ.
India celebrated 11th @UN #InternationalYogaDay2025 in Maldives @TajMaldives with more than 500 yoga enthusiasts participating. State Minister for @MoSFR_mv HE Ibrahim Amir graced the occasion as Chief Guest. @MEAIndia @MoFAmv @moayush @IndianDiplomacy @UNMaldives pic.twitter.com/n6U0vUirAu
— India in Maldives (@HCIMaldives) June 21, 2025
ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ޖޫން 21، 2021 ގައި ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތެއް ބޭއްވި ވަގުތު, އެ ތަނަށް ވަދެ, އެކަމާ ދެކޮޅަށް ބަޔަކު އަޑު އުފުލި އެވެ.
އެ މައްސަލާގައި ހަމަނުޖެހުން ހިންގި މީހުންގެ މައްޗަށް ދައުވާވެސް ކުރި އެވެ. އެކަމަކު މިިދިޔަ ހަފްތާގައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުންވަނީ ދައުވާތައް އަނބުރާ ގެންގޮސްފަ އެވެ.










































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































