ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 11 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން މިއަދު ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިދިޔަ ހުކުރު ދުވަހު އަތުލައިގެންފައިވަނީ 5370 ގްރާމުގެ ކެނެބިސް ފަތާއި 6590 ގްރާމުގެ ހަޝިޝް އޮއިލް ކަމަށެވެ.

އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 9.6 މިލިއަން ރުފިޔާއަށްވުރެ ބޮޑުވާނެ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

މި މައްސަލައާ ގުޅޭ އިތުރު ތަފްސީލު ކަސްޓަމްސްއިން އާންމުކޮށްފައެއް ނުވެއެވެ.

Leave a Reply