
ރަސްމާލެ ތަރައްގީކުރަން ފުށި ދިއްގަރުފަޅުން ހިއްކަން ނިންމާފައިވާ ސަރަހައްދުގެ 30 ޕަސެންޓް ހިއްކައި ނިންމައިފިއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީއިން މިއަދު އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ ފުށި ދިއްގަރުފަޅުން އިތުރު 41 ހެކްޓަރު ހިއްކައި ނިންމާފައިވާ ކަމަށެވެ.
އެއީ މަޝްރޫއުގެ 30 ޕަސެންޓުކަން ވެސް އެމްއޭސީއެލްއިން ބުންޏެވެ.
ރަސްމާލެ ހިއްކަން ފެށީ 2023 ވަަނަ އަހަރު ނިމެން އުޅެނިކޮށެވެ. ނަމަވެސް އެ މަޝްރޫއު މެދުކެނޑުމަށްފަހު ބޮޑު ޑުރެޖަރެއް ގެނެސް، މި މަހު ވަނީ އެ މަޝްރޫއުގެ މަސައްކަތް ފަށައި، ހަލުވިކޮށްފައެވެ.
އެ މަޝްރޫއުގެ ދަށުން ޖުމްލަ 1153 ހެކްޓަރު ހިއްކާނެއެވެ.
Rasmale’ Land Reclamation Project Update:
41 hectares have been successfully reclaimed, representing 30% overall progress. Reclamation works at Rasmale’ Site A commenced on 1 December 2025. The works are being carried out using Cristóbal Colón, one of the world’s largest Trailer… pic.twitter.com/W7OTtKJH7x— Maldives Airports Company Ltd (@MACLmedia) December 24, 2025
ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ މާރިޗު ހިސާބުގައި ރަސްމާލެ ހިއްކައި ނިމޭނެއެވެ.
އަދި އެ ތަނުން ޖުމްލަ 25،000 ގޯތި ދޭނެ ކަމަށާއި އަދި މި ދައުރުގެ ތެރޭގައި އެ ތަނުގެ އިންފްރާސްޓްރަކްޗާގެ މަސައްކަތް ނިންމަން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރަސްމާލެ މަޝްރޫއުއާ އެކު މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ދާއިމީ ހައްްލެއް ލިބޭނެ ކަމަށެވެ.
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































