ރަށްވެހީންގެ ސައްލާގެ ނަމުގައި މަޝްވަރާ ބައްދަލުވުމެއް އއ. އުކުޅަހު ކޮންވެންސަން ސެންޓަރުގައި ފައްޓައިފި އެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވާރކްސްއާއި، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަނަންސާއި، ޔޫކޭ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓާއި އަދި ޔޫއެންޑީޕީ ގުޅިގެން ކުރިއަށް ގެންދާ މަޝްވަރާ ބައްދަލުވުން ފައްޓަވައި ދެއްވީ، މިނިސްޓަރު އާދަމް ޝަރީފު އުމަރެވެ.

އެ މަޝްވަރާ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ބްރިޓިޝް ހައިކޮމިޝަނާ ނިކޮލަސް ޑޭވިޑް ލޯވއާއި، ޑެޕިޔުޓީ ހެޑް އޮފް ސައުތު އޭސިއާ ރީޖަނަލް ޑިޕާޓްމެންޓް އޮފް ދަ ޔޫކޭ ގަވރމަންޓް މިސް ކެމިލާ ސަގްންއާއި، ޑެޕިޔުޓީ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް އޮފް ދަ ޔޫއެންޑީޕީ މިސް ޕެކް ޗްއާން ގާންއާއި އަދި އެލްޖީއޭގެ ސިއީއޯ ބައިވެރިވެވަޑައިގެންނެވި އެވެ.

ތިން ދުވަހުގެ މުއްދަތަށް އުކުޅަހުގައި ކުރިއަށް ގެންދާ މި މަޝްވަރާ ބައްދަލުވުމުގައި މިނިސްޓަރާއެކު ކުރިއަށް ގެންދާ ނެޓްވާރކިންގ ބައްދަލުވުން ރޭ ވަނީ ބޭއްވިފައެވެ. ރަށްވެހީންގެ ސައްލާގެ ނަމުގައި ކުރިއަށް ގެންދާ މަޝަވަރާ ބައްދަލުވުމުގައި މުހިއްމު ކަންކަމާ މެދު ބައިވެރިންގެ މެދުގައި މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައިވެ އެވެ.

1. ޕަބްލިކް ޕާޓިސިޕޭޝަން

2. ރައްޔިތުންގެ ބައިވެރިވުން އިތުރުކުރެވިދާނެ ގޮތްތައް

3. ކައުންސިލްތަކުން ހިންގާ ހަރަކާތްތަކުގައި މުޖުތަމަޢުގައި އެކަހެރިކުރެވިފައިވާ ފަރާތްތައް ބައިވެރިކުރުވުން

4. އިފެކްޓިވް ކޮމިޔުނިކޭޝަން

5. ރައިޓް ޓު އިންފޮމޭޝަން، އޯޕަން ގަވަމަންޓް

6. ލާމަރުކަޒީ ނިޒާމުގައި މަދަނީ ޖަމްއިއްޔާތަކުގެ ބައިވެރިވުން

7. ރައްޔިތުން ބައިވެރިކުރުމަށް ކައުންސިލްތަކަށް މަސައްކަތްކުރެވިދާނެ ގޮތްތައް

އެ ބައްދަލުވުމުގައި ކައުންސިލްތަކުގެ ބައެއް ރައީސުންނާއި، މެންބަރުންނާއި އަދި އެސްޖީންނާއެކު ޖުމްލަ 55 ބޭފުޅަކު ބައިވެރިވެ އެވެ. ބައްދަލުވުން މާދަމާ ރޭގެ ނިއަލަށް ކުރިއަށް ދާނެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *