ރަށްރަށުގައި އަލަށް ގާއިކުކުރާ ޕަބްލިކް ވޯކްސް ޔުނިޓްތަކަށް 456މުވައްޒަފުން ނަގަން ނިންމައިފިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލޯކަލް ގަވަނމަންޓް މިނިސްޓަރު އާދަމް ޝަރީފް ވަނީ ޕަބްލިކް ވޯކްސް ޔުނިޓްތައް އަލަށް ގާއިމުކުރަން ނިންމި ރަށްތައް އިއުލާންކުރައްވައިފައެެވެ.

އެ ރަށްތަކުގެ ތެރޭގައި ހިމެނެނީ ހއ. ދިއްދޫ، ށ. ފުނަދޫ، ށ. މިލަންދޫ، ނ. މަނަދޫ، ރ. މާކުރަތު، ބ. އޭދަފުށި، ޅ. ނައިފަރު، ކ. ތުލުސްދޫ، އއ. ރަސްދޫ، އދ. މަހިބަދޫ، އދ. މާމިގިލި، ވ. ފެލިދޫ، މ. މުލި، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، ތ. ވޭމަންޑޫ، ތ. ވިލުފުށި، ލ. ގަން އަދި ގއ. ވިލިނގިލިއެވެ.

މިނިސްޓަރު ވިދާޅުވީ އެ ޔުނިޓްތަކަށް 456މުވައްޒަފަކު ނެގުމަށް ނިންމާފައިވާ ކަމަށެވެ. އޭގެ އިތުރުން 4މޯބައިލް ޔުނިޓަށް ވެސް 60މުވައްޒަފުން ނަގާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އޭގެ ތެރެއިން މިހާތަނަށް ފިނޭންސް މިނިސްޓްރީ ހުއްދަދީފައިވަނީ 141މަގާމަށެވެ.

19އަތޮޅެއްގައި ޕަބްލިކް ވޯކްސް ޔުނިޓްތައް އަލަށް ގާއިމްކުރާއިރު 19ރީޖަނަލް ޔުނިޓަށާއި 4މޮބައިލް ޔުނިޓަށް ބޭނުންވާ މެޝިނަރީޒާއި، އިކްއިޕްމަންޓް ހޯދުމަށް 9.1މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Leave a Reply