ރަށު ކައުންސިލްތަކުގެ ކައުންސިލަރުންގެ އަދަދު މަދުކޮށް، އަތޮޅު ކައުންސިލްތައް އުވާލައިފި އެވެ.

މި ބަދަލުތައް މަޖިލީހުން ގެނައި ތިން ބިލެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރެއްވި އެވެ. އެއީ ގާނޫނުއަސާސީއާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނާއި ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތަކެވެ.

އޭގެ ތެރެއިން އެންމެ ބޮޑު ބަދަލަކީ އަތޮޅު ކައުންސިލްތައް އުވާލުމެވެ. ދެން ހިމެނެނީ ރަށްރަށުގެ ކައުންސިލްތަކުގެ ކައުންސިލަރުންގެ އަދަދު މަދުކުރުމެވެ.

ކުރިން 3000އަށް ވުރެ ގިނަ މީހުންގެ އާބާދީގެ ރަށްރަށުގައި ތިބެނީ ހަތް ކައުންސިލަރުންނެވެ. އަދި އެއަށްވުރެ މީހުން މަދު އާބާދީގެ ރަށްރަށުގައި ތިބެނީ ފަސް ކައުންސިލަރުންނެވެ.

މިހާރު ގެނައި ބަދަލަކީ 2000އަށް ވުރެ ގިނަ މީހުންގެ އާބާދީގެ ރަށްރަށް ފަސް ކައުންސިލަރުން އަދި އެއަށްވުރެ އާބާދީ ކުޑަ ރަށްރަށުގައި ތިން ކައުންސިލަރުންނެވެ.

Leave a Reply