ނުރައްކާތެރި މިންވަރަކަށް މިއަދު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވައިނުސާފުވެފައިވާ ކަމަށް މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ ވޭތުވެދިޔަ 7 ދުވަހަށް ބަލާއިރު، ވައިނުސާފު (ދުންފުސް)ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ މިއަދު ކަމަށެވެ. މޫސުމާ ބެހޭ ރިޕޯޓުތަކުގައި ދުރު ފެންނަ މިންވަރު 2 ކިލޯމީޓަރަށް ވުރެ ދަށްވެފައިވާ ކަމަށް ވެސް ބުންޏެވެ.

ކުރިއަށް އޮތް 2 ދުވަހު ވެސް އިރުއުތުރުން އަންނަ ވަޔާއެކު، ވައިނުސާފުވުމުގެ އަސަރު ރާއްޖެމަތީގައި ހުންނާނެ ކަމަށް ބެލެވޭ ކަމަށް މެޓުން ބުންޏެވެ.

“އެހެންކަމުން ބޭރުގައި އެކި ހަރަކާތްތަކުގައި އުޅޭ ފަރާތްތަކާއި، ކަނޑުދަތުރުކުރާ ފަރާތްތަކުން ވެސް ހާއްސަ ސަމާލުކަމެއް ދެއްވުން އެދެން،” މެޓް އޮފީހުން ބުންޏެވެ.

Leave a Reply