
ުފ.ނިލަންދޫގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު “ދެން” އަށް ވިދާޅުވީ އެ މައްސަަލަ ހުށަހެޅީ އިއްޔެ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ވެސް ފުލުހުން ބުންޏެވެ.
ނަމަވެސް އެ މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.
އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
ކުޑަކުއްޖާއަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑަށް ވައިރަލްވެސްވެފަ އެވެ. ނަމަވެސް އެ ކުއްޖާގެ މޫނު ވީޑިއޯގައި ހުންނަނީ ކާކުކަން ނޭނގޭގޮތަށް “ފުސް”ކޮށްފަ އެވެ
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































