ހއ. ހޯރަފުށީގައި ބުޅަލެއް މަރައިލި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ ހޯރަފުށީގައި ބުޅަލަކަށް ގަސްދުގައި އަނިޔާކޮށް މަރާލާފައިވާ ކަމަށް މައްސަލައެއް މިމަހުގެ 12 ވަނަ ދުވަހުގެ ރޭ 19:06 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. ނަމަވެސް ތިން މީހަކާ ސުވާލުކޮށް ތަހުގީގަށް ބޭނުންވާ ބަޔާން ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

“މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން،” ފުލުހުން ބުންޏެވެ.

މީގެ ކުރީގައިވެސް ބުޅަލަށް އަނިޔާކޮށް މަރާލާފައިވާ މައްސަލަތަކުގައި މީހުން ހައްޔަރުކޮށްފައިވެއެވެ.

Leave a Reply