ރޯވެ އަނދަމުންދާ ހޮޅުދޫ ބޯޓުން ދިވެއްސަކު ގެއްލިގެން ހޯދަމުންދާ ކަމަށް ސިފައިން ބުނެފި އެވެ.

ނުފެންނަނީ ލ. މާވަށަށް ނިސްބަތްވާ 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދެވެ.

އެއީ ލ. އަތޮޅާ މާލެއާ ދެމެދު ދަތުރުކުރާ ބޯޓެކެވެ. ބޯޓުގައި އަލިފާން ރޯވީ ތ. ކަނޑޫދޫން މުދާ ނަގައިގެން ނުކުންނަނިކޮށް ކަނޑޫދޫ ނެރާ ދިމާ ބޭރުންނެވެ.

ސިފައިން ބުނި ގޮތުގައި ބޯޓުގައި ތިބީ 18 މީހުންނެވެ. ގެއްލިގެން އުޅޭ މީހާ ފިޔަވައި ދެން ތިބި މީހުން ވަނީ ސަލާމަތްކޮށް، ކަނޑޫދޫއަށް ގެންގޮސްފަ އެވެ.

ކަނޑޫދޫން ދެ މީހަކަށް ފަރުވާ ދިން ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

މި ހާދިސާގައި މީހަކަށް ސީރިއަސް އަނިޔާއެއް ލިބުނު ކަމެއް ނުވަތަ ނުލިބޭ ކަމެއް އަދި ސާފު ނުވެ އެވެ.

ނަމަވެސް ސިފައިން މީޑިއާތަކާ ހިއްސާކުރި ވީޑިއޯއިން ފެންނަ ގޮތުގައި މުޅި ބޯޓުގައި އަލިފާންް ހިފުމުން، ބޭނުންކުރެވޭ ވަރަށް ބޯޓު ސަލާމަތް ކުރެވޭނެ ކަމަކަށް ނުބެލެވެ އެވެ.

ބޯޓުގައި މުދާ ހުރި ވަރަކާއި ކިހާ އަގުހުރި މުދާތަކެއް ކަމެއް ވެސް އަދި ނޭނގެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *