މިއަދުގެ ހުކުރު ވަގުތު ފިހާރައެއްގެ ޓިނު ނަގައިގެން ވަދެ ވައްކަންކޮށްފި އެވެ.

ފުލުހުން މިރޭ މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ ޓިނު ނަގައިގެން ވައްކަން ކުރީ މާލޭގައި ހުންނަ އެމްޓީސީސީގެ ވިލިމާލެ ފެެރީ ޓާމިނަލުގައި ހިންގާ ފިހާރައަކުން ކަމަށެވެ.

އެ ފިހާރައިން ވައްކަން ކޮށްފައި ވަނީ ހުކުރު ވަގުތަށް ބަންދު ކޮށްފައި ހުއްޓާ އެ ތަނުގެ ޓިނު ނަގައިގެން ވަދެ ކަމަށެވެ.

އެ ފިހާރައިން ފޯނަކާއި ފައިސާ ވަގަށް ނެގި މައްސަލަ ރިޕޯޓު ކޮށްފައިވާތީ އެ މައްސަލަ ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ. އެހެންވެ ވަގަށް ނެގީ ކިހާ ފައިސާއެއް ކަމެއް ސާފެއް ނުވެ އެވެ.

Leave a Reply