ހުޅުމާލެ ފޭސް 2ގައި ފުލުހަކަށް ހަމަލާދީ ޒަޚަމްކޮށްލާފައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ އެ ފަދަ ތަހުގީގުކުރަމުންދާ ކަމަށާއި މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އަނިޔާވެފައި ވަނީ ފުލުސް މީހާގެ ރަސްމީ މަސައްކަތުގެ ތެރެއިންނެއް ނޫން ކަމަށެވެ. އަދި މި ހަމަލާގައި އަނިޔާވި ފުލުސް މީހާއަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށާއި މި މައްސަލައިގެ ވަށައިގެންވާކަންކަން ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ބަލަމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ  މިކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށާއި ތަހުގީގު ކުރިއަށްދާ މިންވަރަކުން މި މައްސަލައާ ގުޅޭ އިތުރު ތަފްސީލު ހިއްސާކުރާނެ ކަމަށެވެ.

Leave a Reply