ހުޅުމާލޭގަައި ކާރެއް ކޮންޓްރޯލުން ނެއްޓި، ފިހާރައެއްގެ ބިއްލޫރިގަނޑަށް އަރައިފި އެވެ.

މިއަދު ހެނދުނު މި އެކްސިޑެންޓް ހިނގީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ނިރޮޅުމަގުގަ އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގަން މެދުވެރިވީ އެ މަގުން ދުއްވާފައިދިޔަ ކާރެއް، ކުރިމަތިން އައި ކާރަކުން ނައްޓައި ދާން އުޅުމުގެ ތެރޭގައި ކޮންޓްރޯލު ނުވެ، ސައިކެއްގަައި ޖެހި އެކްސިޑެންޓްވެ، ފިހާރައެއްގައި ޖެހިގެން ކަމަށެވެ.

މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ. ނަމަވެސް އެކްސިޑެންޓްވި ކާރުގައި ތިބި އުމުރުން 29 އަހަރާއި 26 އަހަރުގެ ދިވެހި ދެ ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަދި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

Leave a Reply