ހުޅުމާލޭ ފޭސް 1 ގެ ގެސްޓްހައުސްއެއްގެ ކޮޓަރިއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނުނީ ފިރިހެނެއް ކަމަށެވެ. ނަމަވެސް އެއީ ދިވެއްސެއް ކަމެއް ނުވަތަ ބިދޭސީއެއް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ފުލުހުން ބުނީ އެމީހާ މަރުވެފައި އޮއްވާ ފެނިގެން ރިޕޯޓު ކުރީ މިއަދު 12:14 ހާއިރު ކަމަށެވެ. މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ބުންޏެވެ.

އިތުރު ތަފްސީލަށް އެދުމުން ފުލުހުން ބުނީ ތަފްސީލު ލިބެމުންދާ ވަރަކަށް ހާމަކުރަމުންދާނެ ކަމަށެވެ.

Leave a Reply