
ހުޅުމާލެ ފޭސް 3 މި އަހަރު ހިއްކައި ނިންމަން އިތުރު ޑްރެޖަރެއް ގެނެސްފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެކްސްގައި ވިދާޅުވީ ފޭސް ތިނެއް ހިއްކަން “ޓިއެސްއެޗްޑީ ޕްރިންސް ދިއާ ނެދަލޭންޑަން” ޑްރެޖަރު މިއަދު ރާއްޖެ ގެނެސްފައިވާ ކަމަށެވެ.
އަދި މިހާރުވެސް ފޭސް ތިނެއް ހިއްކަން ބޭނުންކުރާ ޑުރެޖަރާއެކު އަލަށް ގެނައި ޑްރެޖަރު ވެސް ސައިޓަށް ގެންގޮސް މާދަމާ މަސައްކަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އަންނަ މަސް ނިމޭ ހިސާބުގައި ފޭސް ތިނެއް ހިއްކައި ނިމޭނެ ކަމަށް ބެލެވޭ ކަމަށެވެ.
ރައީސް ވިދާޅުވީ ފޭސް ތިނެއް ހިއްކާ ނިމުމުން ދެން އެ ދެ ޑްރެޖަރުވެސް ގެންދާނީ ގިރާވަރު ފަޅު ހިއްކަން ކަމަށާއި އެ ފަޅު ހިއްކުމުގެ މަސައްކަތް ދެ ތިން މަސް ތެރޭ ނިމޭނެ ކަމަށެވެ.
“އީއައިއޭއާއި އެހެނިހެން ކަންކަން ނިމުމުން ގިރާވަރު ފަޅުގައި ބަންޑު ވޯލް ޖެހުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ” ރައީސް ވިދާޅުވި އެވެ.
Dredger TSHD Prins Der Nederlanden has arrived today and will start tomorrow at Hulhumale phase 3 together with dredger TSHD Oranji which is currently in operation at Hulhumale phase 3.
Meanwhile, bund wall works at Giraavaru will start as soon as EIA and other formalities are… pic.twitter.com/fWLtgVfgKv— Dr Mohamed Muizzu (@MMuizzu) November 25, 2025
ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ ހުޅަނގުން އޮންނަ ފަޅުތެރެ ހިއްކައިގެން، ފޭސް ތިނެއްގެ މަޝްރޫއު ފެށީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އެ މަޝްރޫއުގެ ދަށުން 63 ހެކްޓަރު ހިއްކާނެ އެވެ.
ސަރުކާރުން ނިންމާފައި ވަނީ ގިރާވަރު ފަޅާއި ފޭސް ތިނެއް ހިއްކައިގެން ގޯތި ދޫކުރަމަށެވެ.

































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































