ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ފޭސް ތިނަކުން ގޯތި ލިބިފައިވާ ފަރާތްތަކަށް ބިން ހަވާލުކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ދޫކޮށްފައިވާ ޖުމްލަ 1408ޕްލޮޓުގެ ތެރެއިން، ސްޓޭޖް އެކެއްގެ ދަށުން ހުޅުމާލޭ ފޭސް 2ގެ 709ޕްލޮޓް މީގެ ކުރިން އޮތީ ހަވާލުކޮށްފައެވެ.

އަދި ސްޓޭޖް ދޭއްގެ ދަށުން، ހުޅުމާލެ ފޭސް ތިނަކުން ދޫކޮށްފައިވާ 699ޕްލޮޓް ހަވާލުކުރުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައެވެ.

އެގޮތުން، މިއަދު ހަވީރު އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ހުޅުމާލޭ ފޭސް 3އިން ޕްލޮޓް ލިބިފައިވާ 11ފަރާތަކަށް ވަނީ ބިން ހަވާލުކޮށްފައެވެ.

އެޗްޑީސީން ބުނީ އަމާޒަކީ، މިއަދުން ފެށިގެން ކޮންމެ ދުވަހަކު ޕްލޮޓްތައް ހަވާލުކުރަމުންގޮސް، ސްޓޭޖް 2ގެ ދަށުން ހުރިހާ ބިމެއް ވީހާވެސް އަވަހަކަށް ހަވާލުކޮށް ނިންމުން ކަމަށެވެ.

Leave a Reply