ހުޅުމާލެ ފަޅުގައި އޮތް ތެޔޮ ބޯޓުގައި ރޯވި އަލިފާން ނިއްވާލާފައިވާ ކަމަށް ދިވެހިރާއްޖޭގެ ދިފާއީ ބާރުން ބުނެފިއެވެ.

މި ޙާދިސާގެ މަޢުލޫމާތު އެމްއެންޑީއެފްއަށް ލިބިފައި ވަނީ މިއަދު މެންދުރު 13:00 ހާއިރު ކަމަށާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން ވަނީ ބޯޓު އޮތް ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފަ ކަމަށް ދިފާއީ ބާރުން މަޢުލޫމާތުދެއެވެ.

މި ބޯޓަކީ 40 ފޫޓް ހުރި ބޯޓެއް ކަމަށާއި އެ ޙާދިސާގައި ބިދޭސީއެއްގެ އާތާއި ފައި ފިހިގެން އިތުރު ފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

Leave a Reply