
ހުޅުމާލޭގެ މުދާ ޖެޓީ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް އެ ސަރަހައްދުން ނެގުމަށް އެޗްޑީސީން އަންގައިފިއެވެ.
އެ ކުންފުނިން ބުނީ، ހުޅުމާލޭގެ މުދާ ޖެޓީ ސަރަހައްދު ތަރައްގީކުރުމުގެ މަޝްރޫއު ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
އެހެންކަމުން އެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ އިރު އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތަކުން ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމުގެ ގޮތުން އަންނަ ހޯމައިގެ ކުރިން އުޅަނދުތައް ނެގުމަށް އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައިވަނީ އަންގައިފަ އެވެ.
ހުޅުމާލެ މުދާ ޖެޓީ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނެގުމާއި ގުޅޭ
އިއުލާން: https://t.co/hW0w8hcUoI#އެޗްޑީސީއާއެކު pic.twitter.com/IZPQReJFuR— Housing Development Corporation (@hdcmaldives) April 9, 2025
އެޗްޑީސީން ބުނީ އެ މުއްދަތުގައި އެ އުޅަނދުތައް ނަގާފައި ނުވާނަމަ އުޅަނދުތަކަށް ލިބޭ ގެއްލުމުގެ ޒިންމާ ނުނަގާނެ ކަމަށެވެ.