ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ރާއްޖޭގެ ހުރިހާ ގޭބިސީތަކަށް މަސް ދަޅު ކޭސް ބެހިއިރު އައްޑޫ ސިޓީ ހިތަދޫގެ ބައެއް ގެތަކަށް މަސް ދަޅު ކޭސް ނުލިބޭތީ އެ ރަށަށް އިތުރު މަސް ދަޅު ފޮނުވައިފި އެވެ

އައްޑޫ ސިޓީ ކައުންސިލުން މިރޭ ގެޒެޓުގައި ޝާއިއުކުރި އިއުލާނެއްގައި ބުނީ މަސްދަޅު ނުލިބޭ ގޭބިސީތަކަށް ބަހަން އިތުރު 518 މަސްދަޅު ކޭސް އެ ކައުންސިލަށް މިހާރު ލިބިފައިވާ ކަމަށެވެ.

އެހެންކަމުން ކުރިން މަސްދަޅުކޭސް ލިބިފައިނުވާ ގޭބިސީތަކަށް މަސްދަޅުކޭސް ދޫކުރުމުގެ މަސައްކަތް ރޯދަ މަސް ނިމުމުގެ ކުރިން ބަހަން ނިންމާފއިވާ ކަމަށް ކައުންސިލުން ބުންޏެވެ.

ކައުުންސިލުން ބުނީ މަސް ދަޅު ދޫކުރާނީ މާދަމާއިން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރުފަހު 1 އަށް ހިތަދޫ އަވަށު އޮފީހުގެ ކުރީގެ އިމާރާތުން ކަމަށެވެ.

މަސްދަޅު ކޭސް ބަލައިދާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ކަރަންޓު ބިލު ގެނައުމަށް ވެސް ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ރާއްޖޭގެ ހުރިހާ ގޭބިސީތަކަށް މަސް ދަޅު ކޭސް ބެހުމުގެ ކަންކަން ނިމިފައިވާއިރު އައްޑޫގެ ހުރިހާ ގެތަކަށް މަސްދަޅު ކޭސް ނުލިބުނީ ކީއްވެގެން ކަމެއް ސާފެއްނުވެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *