އއ. ހިމަންދޫ ފަޅުގައި އޮތް “ކައެލް ވިންގް” ނަމަކަށް ކިޔާ ލޯންޗުގައި ހިނގި އަލިފާނުގެ ހާދިސާ އާ ގުޅިގެން ބޭނުން ނުކުރެވޭ ވަރަށް އަނދައި، ރަށުގެ ފަޅުތެރެއަށް ލޯންޗު އަޑިއަށް ގޮސްފި އެވެ.

މީޑިއާތަަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ ލޯންޗުގައި އަލިފާން ރޯވެފައިވާ މައްސަލަ ރިޕޯޓުކޮށްފައި ވަނީ ފަތިހު 5:50 ހާއިރު ކަމަށެވެ.

ކައެލް ވިންގްގައި ރޯވި އަލިފާން ނިއްވާލެވުނީ ފުލުހުންނާއި ރަށު ކައުންސިލާ އަދި އާންމުން ކުރި މަސައްކަތުން 6:26 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި އެ ހާދިސާ ހިނގިިއިރު ލޯންޗުގައި ކެޕްޓަނާއި ދެ ކްރޫއިންނާ އެކު ކުޑަކުއްޖަކު ހުރި ކަމުގަ އެވެ.

“ކްރޫއިންނަށް ކޮންމެވެސް އަނިޔާވި ނަމަވެސް ބޮޑު އަނިޔާއެއް ވެފައެއް ނުވޭ،” މެސެޖުގައިވެ އެވެ.

އަލިފާނުގެ ހާދިސާ އާ ގުޅިގެން ކައެލް ވިންގް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ކަމަށް ފުލުހުން ބުންޏެވެ. އަދި ރަށުގެ ފަޅުތެރެއަށް އެ ލޯންޗު އަޑިއަށް ގޮސްފައިވާކަން ފާހަގަކުރި އެވެ.

ފުލުހުން ގެންދަނީ ލޯންޗުގައި ރޯވި ހާދިސާ ތަހުގީގު ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *