
ކީރިތި ޤުރްއާން ހިތުދަސްކޮށް ހާފިޒުކަން ފުރިހަމަކުރި 23 ޒުވާނުންނަށާއި އިތުރު މީހަކަށް ހާފިޒުކަމުގެ ސަނަދު ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
މީގެ ތެރޭގައި ހިމެނެނީ އުމުރުން 18 އަހަރަށް ވުރެ ޒުވާން 23 ހާފިޒަކާއި 66 އަހަރުގެ ދޮށީ ހާފިޒެކެވެ. ހާފިޒުން ދަސްވެނިވުމުގެ ރަސްމިއްޔާތު މިރޭ ޝަރަފުވެރިކޮށްދެއްވައި، ސަނަދު ހާފިޒުންނަށް ހަވާލުކޮށްދެއްވީ ރައީސް މުއިއްޒެވެ.
މިރޭގެ ރަސްމިއްޔާތުގައި ޙާފިޡުކަމުގެ ސަނަދު ލިބުނު 24 މީހުންނަކީ:
- އުމުރުން 18 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، މުހައްމަދު މިޝްޢަލް ޢާޡިމް (ހ. ލައިޓްލައިން / މާލެ)
- އުމުރުން 15 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، ރައްޔާން އަހުމަދު މުހައްމަދު (ދޫރެސް / ޏ. ފުވައްމުލައް)
- އުމުރުން 15 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، ފާތިމަތު މަންހާ ބިންތް އިސްމާއީލް (އަސުރުމާގެ / ވ. ތިނަދޫ)
- އުމުރުން 18 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އާއިޝަތު ޒީކް ރިޔާޒު (އޯޝަން / ސ. ފޭދޫ)
- އުމުރުން 13 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަބްދުﷲ އަހުސަން ސައީދު (ޑިއަރެސްޓް / ސ. ފޭދޫ)
- ޢުމުރުން 15 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އުވައިސް ބިން އިނާޒް (ވައިލެޓްވިލާ / ގދ. ރަތަފަންދޫ)
- ޢުމުރުން 17 އަހަރުގައި ކީރިތި ގުރުއާން ހިތުދަސްކުރެއްވި، އާމިނަތު އިލްމާ ތަލްހަތު (މ. ރިހިރާޅު / މާލެ)
- އުމުރުން 18 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އާތިކު އަބްދުއްސައްތާރު (ނިރު / ނ. މާފަރު)
- އުމުރުން 13 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، ޒަލަފް ބިން ނާފިއު (ޝާދީ ވިލާ / އދ. މަހިބަދޫ)
- އުމުރުން 13 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، މުސްއަބް ބިން ފައިސަލް (ބަގީޗާމަންޒިލް / ކ. ގުރައިދޫ)
- ޢުމުރުން 16 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަހުމަދު ރައީފް މުހައްމަދު (ގުލްފާމްހިޔާ / ރ. މަޑުއްވަރީ)
- އުމުރުން 16 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އާއިޝަތު ސާއިބަތު މުހައްމަދު ރިކްޒާން (ފެމެލީ / ޅ. ނައިފަރު)
- ޢުމުރުން 16 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަބްދުﷲ ހަޔާން ރަމީޒް (ގުރަހަ / ޅ. ނައިފަރު)
- އުމުރުން 14 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އާސިރު އާރިފް ޔޫސުފް (އަޅިވިލާގެ / ބ. އޭދަފުށި)
- އުމުރުން 15 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އާރިޝް އަބްދުﷲ އިބްރާހިމް (އާޒް / ޅ. ނައިފަރު)
- އުމުރުން 13 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، ޒާލިފް މަދީޙް، (ހިޔާވަހި / ޅ. ނައިފަރު)
- އުމުރުން 15 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަބްދުﷲ ޒަކްވާން މުހައްމަދު ރިކްޒާން (ފެމެލީ / ޅ. ނައިފަރު)
- އުމުރުން 15 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، މަރްޔަމް ހުނާ ހަސަން (ހައިވޭ / ޏ. ފުވައްމުލައް)
- އުމުރުން 23 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، ބިލާލް ބިން އަހުމަދު (ގ. ހީނާ ހިޔާ / މާލެ)
- އުމުރުން 18 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އާއިޝަތު ލިޒީ (ވެހި / ށ. މިލަންދޫ)
- އުމުރުން 15 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލާވީ އައްޔޫބު ބިން މުހައްމަދު ޝުޖާޢު (މއ. ރަތްއެންދެރި / މާލެ)
- އުމުރުން 66 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އިބްރާހިމް ނަފީސް ހުސައިން (ކޮންގްރެސް / ސ. ހިތަދޫ)
- އުމުރުން 14 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، ފާތިމަތު އީޝަލް އަހުމަދު (މ. ކިރިލި / މާލެ)
- އުމުރުން 18 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، ނަބާހަތު ޢަބްދުﷲ (ސެލްވޭޝަން / އއ. ހިމަންދޫ)
މި ސަރުކާރާ އެކީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކީރިތި ޤުރުއާން ކިޔަވައިދޭ ކްލާސްތައް ހިންގެވުމަށް ނިންމެވުމާއި ގުޅިގެން، ހިލޭ ސާބަހަށް ކިޔަވައިދޭ ކްލާސްތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގެ 10 މިސްކިތެއްގައި މިހާރު ހިންގަމުން އެބަ ގެންދެއެވެ.
އެކި ސަބަބުތަކާ ހުރެ ހުއްޓިފައިވާ ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮފިތައް އަލުން ފެށުމުގެ ގޮތުން މުދައްރިސުން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން 6 ރަށަކަށް ބޭނުންވާ މުދައްރިސުން ރާއްޖެއިން ބޭރުން ވަނީ ގެނަސްފައެވެ.
ހަމައެއާއެކު ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ސެންޓަރުތައް 7 ރަށެއްގައި އަލަށް ގާއިމުކޮށްފައިވެއެވެ. މީގެ އިތުރުން ހުޅުމާލޭގައި ކީރިތި ޤުރުއާން ކިޔަވައިދިނުން އިތުރަށް ފުޅާކުރެވި، ވިލިމާލޭގައި ވެސް ކީރިތި ޤުރުއާނާބެހޭ ގައުމީ މަރުކަޒުގެ ސެންޓަރެއް ހުޅުވައި ކިޔަވައިދޭން ވަނީ ފަށާފައެވެ.
މި ވަގުތު ވެސް 630 ދަރިވަރުން ދަނީ ހާފިޒު ކަމުގެ ސަނަދަށް ކިޔަވަމުންނެވެ.
ކީރިތި ޤުރުއާން ހިތުދަސްކުރާ ފަރާތްތަކަށް ސަރުކާރުންދޭ މާލީ ޢިނާޔަތް ދެގުނައަށް ބޮޑުކުރެއްވުމަށް ވެސް ރައީސް ވަނީ ނިންމަވާފައެވެ. އަދި ހާފިޒުކަމުގެ ސެޓްފިކެޓަކީ އެޑްވާންސް ލެވެލްގެ ސެޓްފިކެޓެއްގެ ގޮތުގައި މި ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.