އާންމުކޮށް ދިވެހީން ގޮސް އުޅޭ ހަތަރު ގައުމެއްގައި އައިޑީ ކާޑު ހަދައިދޭން ފަށަން ނިންމައިފި އެވެ.

ހޯމްލޭންޑް މިނިސްޓްރީން “ސަރުކާރު” ވެބްސައިޓްގައި މިއަދު ޝާއިއުކުރި ލިޔުމެއްގައި ބުނީ އާއްމުކޮށް ދިވެހިން ގޮސްއުޅޭ ބައެއް ގައުމުތަކުގައިވެސް އެ ހިދުމަތް ފެށުމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނުން ތައްޔާރުވަމުންދާ ކަމަށެވެ.

އޭގެ ތެރޭގައި މެލޭޝިއާއާއި، ސްރީލަންކާއާއި، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތް ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިހާރު އަތޮޅު ތެރޭގައި ވެސް އައިޑީ ކާޑު ޕްރިންޓްކުރުމުގެ މަސައްކަތް ދަނީ ކުރަމުން ނެވެ. އެގޮތުން 15 ރަށެއްގައި އައިޑީ ކާޑު ޕްރިންޓު ކުރުމުގެ ހިދުމަތް  ދެމުންދާ އިރު މި މަހު މ.މުލީ، ށ.ފުނަދޫ، ށ.މިލަންދޫ އަދި ނ.ވެލިދޫގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ހިދުމަތް ފެށުމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނުން ދަނީ ތައްޔާރުވަމުން ނެވެ.

މާލެއިން އެކަނި ލިބޭ އައިޑީކާޑާއި ޕާސްޕޯޓް ހެދުމުގެ ހިދުމަތް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާއި ގާތުން ދެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

އެގޮތުން ސަރުކާރުން މިހާރު އަމާޒު ހިފައިފައިވަނީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އައިޑީކާޑު ޕްރިންޓުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *