ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ އެކިކަންކޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން، ހއ.ކެލާގައި މިއަދު ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ.

ކެލާގައި ޕާސްޕޯޓުގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތު ބާއްވާ މި ޚިދުމަތާއެކު، ހއ. އަތޮޅުން ޕާސްޕޯޓު ނަގަން ބޭނުންވާ ފަރާތްތަކަށް ޕާސްޕޯޓު ‘ކަލެކްޝަން ޕޮއިންޓް’ ގޮތުގައި މިހާރު ދިއްދޫ، އިހަވަންދޫ އަދި ކެލާ ވެސް ޚިޔާރުކުރެވޭނެކަމަށް އިމިގްރޭޝަނުން ބުނެއެވެ.

މިފަދަ ޚިދުމަތްތައް ލާމަރުކަޒީކުރުމުގެ ސިޔާސަތުގެ ދަށުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕާސްޕޯޓު ޚިދުމަތްތައް ގާއިމުކުރަމުން އަންނަ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

Leave a Reply