ފިލިޕީންސްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖޭގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި އުރީދޫ ނޭޝަން އަދި ފިލިޕީނޯސްއިން މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (ފިމްބާ) ގެ ފަރާތުން ފޯރިގަދަ އެމްއެލްބީބީ ކޮމިއުނިޓީ ކްލޭޝް މުބާރާތެއް ބާއްވައިފި އެވެ.

އުރީދޫން ބުނީ ފިލިޕީންސްގެ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ރާއްޖޭގައި ދިރިއުޅޭ އެ ގައުމުގެ 150 އަށް ގިނަ މީހުން ބައިވެރިވި ކަމަށެވެ. ސަގާފީ ހަރަކާތްތަކާއި ލަކީޑްރޯ އަދި އީސްޕޯޓްސް ފަދަ ހަރަކާތްތައް ކުރިއަަށް ގެންދިޔަ ކަމަށެވެ.

އުރީދޫ ނޭޝަންއިން ކުރިއަށް ގެންދިޔަ އެމްއެލްބީބީ ކޮމިއުނިޓީ ކްލޭޝް މުބާރާތް ބާއްވާފައި ވަނީ މާލޭގެ އޯޓީޕީ ރެސްޓޯރަންޓުގައި މިދިޔަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު އެވެ.

ކޮމިއުނިޓީ ޑްރިވެން އީސްޕޯޓްސް މުބާރާތުގެ އެއް ވަނަ ހޯދުމަށް 70 އަށް ވުރެ ގިނަ ކުޅުންތެރިން ހިމެނޭ ގޮތަށް ޖުމްލަ 12 ޓީމަކުން ވަރުގަދަ ވާދަވެރި ކުޅުމެއް ދައްކާފައިވާ ކަމަށް އުރީދޫން ބުންޏެވެ.

  • އެއް ވަނަ – ތާސްޑޭ ކްލަބް: 7،500 ރުފިޔާ އާއި ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް 5ޖީ އެއާފައިބާއެއް
  • ދެ ވަނަ – ވޮރިއާސް ޕީއެޗް: 4،500 ރުފިޔާ
  • ތިން ވަނަ – މަލިގްނޯ: 3،000 ރުފިޔާ

އެ ކުންފުނިން ބުނި ގޮތުގައި އުރީދޫ ނޭޝަންގެ މި ހާއްސަ އެޑިޝަނަކީ ހަމައެކަނި މުބާރާތެއް ނޫން ކަމުގަ އެވެ. އެއީ ރާއްޖޭގައި ދިރިއުޅޭ ފިލިޕީންސްގެ މުޖުތަމައުގެ ތެރޭގައި އެއްބައިވަންތަކަމާއި ހުނަރުވެރިކަމާއި ސަގާފީ ކަންކަން ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަރަކާތެއް ކަމުގަ އެވެ.

ޓެކްނޮލޮޖީ އާއި އީސްޕޯޓްސްގެ ބާރުން ތަފާތު މުޖުތަމައުތަކަށް އެއްބައިވަންތަކަށް އުފައްދައިދީ ގުޅާލުމަކީ އެ ކުންފުނިން ފަހުރުވެރިވާ ކަމެެެއް ކަމުގައި އުރީދޫން ފާހަގަކުރި އެވެ.

Leave a Reply