
ސަރުކާރުގެ އަމާޒަކީ އެއްވެސް ފަރުދަކު ބާކީނުކޮށް، ހަމަހަމަ އުސޫލުން އޯގާތެރިކަމާ އެކު ޤައުމު ބިނާކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ ދުނިޔޭގެ ބްރައިލް ދުވަހުގެ މުނާސަބަތުގައި، އެމަނިކުފާނު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ ހަމަހަމަ އުސޫލުން ހުރިހާ ފަރުދުން ޝާމިލުވާ ރާއްޖެއެއް ބިނާކުރުން ކަމަށާއި ހުރިހާ ފަރުދުންނަށް ވެސް އެއްވެސް ހުރަހެއްނެތި މަޢުލޫމާތާއި ފުރުސަތުތައް ލިބިގެންދާނެ ކަމަށެވެ.
On World Braille Day, we celebrate the power of Braille in opening doors to learning, independence, and dignity for persons with visual impairments. An inclusive society is one where everyone can access information and opportunities without barriers.
Today, we reaffirm our… pic.twitter.com/jsxpHWGMmD
— Dr Mohamed Muizzu (@MMuizzu) January 4, 2026
މީގެ އިތުރުން ފެނުމުގެ ނުކުޅަދުންތެރިކަން ހުންނަ ފަރާތްތަކަށް އުނގެނުމަށް ބްރައިލް ހުޅުވާލަދޭ ދޮރުތަކާއި އަބުރުވެރިކަމާ އެކު އިންސާނީ ކަރާމާތް ހޯދައިދިނުމުގައި ބްރައިލްގެ ރޯލު މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.
“ދިވެހިރާއްޖޭގެ ސިޔާސަތުތަކަކީ އޯގާތެރިކަމުގެ މައްޗަށް ބިނާވެފައިވާ، އަދި ކޮންމެ ނިންމުމެއް ވެސް ނިންމާނީ ހުރިހާ ފަރުދުން ޝާމިލުވާ ގޮތަށް. އެއްވެސް ފަރުދަކު ބާކީވިޔަނުދީ ރާއްޖެ ބިނާކުރުމުގައި ދެމިތިބޭނަން.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ފަރުދަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށް، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަނީ ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީފައެވެ.























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































