ޏ. ފުވައްމުލަކު ގައި ކޮންސްޓަރްކަޝްނަ ސައިޓެއްގައި މަސައްކަތް ކުރަން ހުރި މީހަކު ކުއްލި ގޮތަކަށް މިއަދު މަރުވެއްޖެ އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މަރުވީ ރ. އަލިފުށީ، އަބަދަށްހިޔާގެ، އަބްދުﷲ ރިޝްދާން (27) ކަމަށެވެ.

ފުލުހުން ބުނީ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ މަރުވެފައިވާ ކަމަށެވެ.

އެ ޒުވާނާ ހޮސްޕިޓަލަށް ގެންދިޔައީ ކޮންޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރަން ހުއްޓާ ހަބަރު ހުސްވެގެންކަމަށާއި މޫނު މައްޗަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ މައްސަލަ ބަލަމުންނެވެ.

Leave a Reply