ހައިވޭގައި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނި ގޮތުގައި އެ އެކްސިޑެންޓް ހިނގީ ކާރަކާއި ސައިކަލެއް ޖެހިގެން ހައިވޭގެ ހަތަރު ލޭނު ހިސާބުގަ އެވެ.

އެކްސިޑެންޓްގައި އަނިޔާވީ ސައިކަލު ދުއްވަން އިން އަންހެން މީހާއަށެވެ. ފުލުހުން ބުނި ގޮތުގައި އެއީ 24 އަހަރުގެ އަންހެނެކެވެ.

ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

 

Leave a Reply