
ލެބޯޓަރީ ނެތް 11ރަށެއްގައި ލެބޯޓަރީ ޤާއިމުކޮށް ޚިދުމަތްދޭން ފަށައިފިއެވެ.
ޞިއްޙީ ވުޒާރާއިން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، މި އަހަރުގެ ނިޔަަލަށް ލެބޯޓަރީ ނެތް 76ރަށެއްގައި ލެބޯޓަރީ ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މި މަހުގެ 18ވަނަ ދުވަހުގެ ނިޔަލަށް 11ރަަށެއްގައި ލެބޯޓަރީ ޤާއިމްކޮށް ޙިދުމަތްދޭން ފެށޭނެ ކަމަށެވެ. އަދި ލެބޯޓަރީ ނެތް ރަށްރަށުގައި އެ ޚިދުމަތްދޭން ފެށުމަށް ޚާއްސަ މަޝްރޫޢު ސަރުކާރުން ފެއްޓެވީ 2024ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި ކަމަށް ވެސް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.
2026 ވަނަ އަހަރު ނިމުމުގެ ކުރިން، ލެބޯރެޓަރީ ނެތް 76 ރަށެއްގައި ލެބޯރެޓަރީ ޤާއިމުކުރުމަށް ކުރެވިގެންދާ މަސައްކަތުގެ ތެރެއިން، ފެބްރުއަރީ 18 ގެ ނިޔަލަށް 11 ރަށެއްގައި ލެބޯރަޓަރީ ޤާއިމުކުރެވި ޚިދުމަތް ދޭން ވަނީ ފެށިފަ. pic.twitter.com/zHWdF7yaQH
— Ministry of Health (@MoHmv) February 22, 2026
މި އަހަރު ނިމުމުގެ ކުރިން ކޮންމެ ރަށެއްގެ އާބާދީގެ ނިސްބަތުން އެރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމުވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އަތޮޅުތެރޭގެ ރަށްރަށުން ލެބޯޓަރީ ޓެސްޓު ހެދޭނެ އިންތިޒާމު ނެތުމުގެ ސަބަބުން، އެ ރަށްތަކުގެ ރައްޔިތުން ޓެސްޓު ހެދުމަށް ހޮސްޕިޓަލެއް ހުންނަ ރަށަކަށް ނުވަތަ މާލެއަށް ދަތުރުކުރަން ޖެހުމަކީ އެފަދަ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.


































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































