
ލ. ގަމު ތުނޑީ ލިންކްރޯޑުގައި ދެ ސައިކަލު ޖެހި، އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މިރޭ 21:36 އެހާއިރު، މި އެކްސިޑެންޓު ހިނގާފައިވާކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވާ ކަމަށާއި މި އެކްސިޑެންޓުގައި އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދަނީ، ދެ ސައިކަލުގައި ތިބި ދެ މީހުންނަށް ކަމަށެވެ. އަދި އަނިޔާވެފައި ވަނީ އަންހެނަކާއި ފިރިހެނަކަށް ކަމަށް ވެސް ފުލުހުން މަޢުލޫމާތުދެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.



















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































