
ދިވެހި ފަންނުވެރިންގެ ހުނަރާއި އުފެއްދުންތެރިކަން ދައްކާލުމަށް ރާއްޖޭގައި ބާއްވާ “ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު”އަންނަ އޮކްޓޫބަރު މަހު ބާއްވަން ސަރުކާރުން ނިންމައިފިއެވެ.
“ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު”އަކީ ރާއްޖޭގައި ބާއްވަމުންދާ އެންމެ ބޮޑު މައުރަޒެވެ.
ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)އިން މިއަދު އެކްސްގައި ބުނީ އެ މައުރަޒު ކުރިއަށް ގެންދާނީ އަންނަ އޮކްޓޫބަރު މަހުގެ 23އިން 31އަށް ކަމަށާއި މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު މި މަހު ރަސްމީކޮށް ހުޅުވާލެވޭނެކަމަށް ވެސް ބީސީސީން ބުންޏެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2026 އޮކްޓޫބަރު މަހު ބޭއްވުމަށް ނިންމައިފި
ދިވެހި ފަންނުވެރިންގެ ހުނަރާއި އުފެއްދުންތެރިކަން ދައްކާލުމަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މައުރަޒު ކަމަށްވާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު" 2026 ވަނަ އަހަރުގެ އޮކްޓޫބަރު 23 އިން 31… pic.twitter.com/FcpO2vFtlW
— Business Center Corporation (@BCC_mv) February 26, 2026
މިދިޔަ އަހަރު ބޭއްވި އުފެއްދުންތެރިކަމުގެ މަރުކަޒުގައި އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކާއި، ރަށްރަށާއި، ސިޓީތަކާއި، ތައުލީމުދޭ މަރުކަޒުތަކާއި، ޖަމިއްޔާ ޖަމާއަތްތައް އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދާއިރާއިން ބައިވެރިވެވޭ ގޮތަށް ހުޅުވާލިއެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު އެ މައުރަޒުގައި ބައިވެރިވިއެވެ.
އުފެއްދުންތެރިކަމުގެ މައުރަޒުގެ އިތުރުން އެކި ފަރާތްތަކުގެ އުފެއްދުންތައް ދައްކާލެވޭ ގޮތަށް ގިނަ އެކްސްޕޯތަކެއް ދޭތެރެ ދޭތެރެއިން ހުޅުމާލޭގައި ދަނީ ބާއްވަމުންނެވެ.
























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































