ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނީ، ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިއަދުން ފެށިގެން، އަންނަ މާރިޗު 07ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެ ފުރުސަތަށް އެދޭ ފަރާތްތަކުގެ ފޯމު ހުށަހަޅަންޖެހޭނީ އެ ކޮމިޝަނުގެ މައި ޕޯޓަލް https://my.elections.gov.mv/ މެދުވެރިކޮށް ކަމަށާއި މި މަސައްކަތް ކުރިއަށްގެންދާނީ އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ނަންތަރުތީބުކޮށް، ފޯމު ހުށަހެޅުމުގެ އެކްސެސް ދިނުމުން ކެންޑިޑޭޓުން އަމިއްލައަށް ކަމަށް ވެސް އީސީން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާ ސުންގަޑިއަކީ 2026ފެބުރުވަރީ 28ވާ ހޮނިހިރު ދުވަހުން ފެށިގެން، 2026މާރިޗު 07ވާ ހޮނިހިރު ދުވަހުގެ 13:00ގެ ނިޔަލަށް ކަމަށާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީސީގެ 3004432ނުވަތަ 3004433ނަންބަރަށް ގުޅުމަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ.

Leave a Reply