އޮންލައިންކޮށް ޒަކާތް ދައްކަން އަހުލުވެރި ނޫން މީހުންނަށް ހާއްސަކޮށް، ނަގުދު ފައިސާ އާއި ކޭޝްކާޑުން ޒަކާތް ބަލައިގަންނަން ފަށައިފިއެވެ.

މޯލްޑިވްސް ޒަކާތު ހައުސްއިން ބުނީ މާލޭގެ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ގާއިމުކޮށްފައިވާ ކައުންޓަރުތަކުން މިއަދު ޒަކާތް ބަލައިގަންނަން ފަށާފައިވާ ކަމަށެވެ.

އެ ކައުންޓަރުތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން އަންނަ މަހުގެ 9ގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 13:00 އަށެވެ. އަދި އަންނަ މަހުގެ 10-19 އަށް ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 11:00 އިން 14:00 އަށެވެ.

ޒަކާތު ހައުސްއިން ބުނީ އަތޮޅުތެރޭގެ ރަށްރަށުގައި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތަކުން ފިތުރު ޒަކާތް ދައްކާނީ އެ ރަށެއްގެ ކައުންސިލް އިދާރާއަށް ކަމަށެވެ. އަދި ނަގުދު ފައިސާއިންނާއި ގޮވާމުން ޒަކާތް ބަލައިގަތުމަށް ކައުންސިލްތަކުން ބޭނުންކުރާނީ އެކަމަށްޓަކައި ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ފިތުރު ޕޯޓަލްއަށް ކަމަށްވެސް ބުންޏެވެ.

ނަގުދު ފައިސާ އާއި ކޭޝްކާޑުން ޒަކާތް ބަލައިގަންނަން މިއަދު ފެށިއިރު، ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮންލައިންކޮށް ދަނީ ޒަކާތް ބަލައިގަންނަމުންނެވެ. އެގޮތުން ޖުމްލަ 7 ޕޯޓަލްއެއް މެދުވެރިކޮށް މިއަހަރު ޒަކާތް ދެއްކޭނެއެވެ. އެއީ؛

  • ދިރާގު މޯބައިލް އެޕާއި ދިރާގު ޕޭ ވެބްސައިޓް
  • އުރީދޫ އެމް ފައިސާ މޯބައިލް އެޕް
  • މޯލްޑިވްސް އިސްލާމިކް ބޭންކުގެ މޯބައިލް އެޕް
  • ބޭންކް އޮފް މީލްޑިވްސް މޯބައިލް އެފް
  • ފަހިޕޭ މޯބައިލް އެފް
  • އަވަސް މޯބައިލް އެފް
  • ބަނޑޭރި ޕޭ މޯބައިލް އެފް

މީގެތެރެއިން ބަނޑޭރި ޕޭ އާއި ފަހިޕޭ މެދުވެރިކޮށް ރޯދަ މަސް ނިމެންދެން ޒަކާތް ދެއްކޭނެއެވެ. އެހެން ޕޯޓަލްތަކުން ޒަކާތް ދެއްކޭނީ ރޯދަ މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 6:00 އާ ހަމައަށެވެ.

މި ރޯދަ މަހު ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދެ

  • އާދައިގެ ހަނޑޫ: 12ރ.
  • ތައިލެންޑް ހުދު ހަނޑޫ: 53ރ.
  • ރަތް ހަނޑޫ: 96ރ.
  • ބާސްމަތީ ހަނޑޫ (އާދައިގެ): 77ރ.
  • ބާސްމަތީ ހަނޑޫ (މޮޅު): 109ރ.
  • ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 136ރ.
  • އާދައިގެ ފުށް: 10ރ.
  • އާޓާ ފުށް: 75ރ.

 

Leave a Reply