އިޒްރޭލާއި އެމެރިކާއިން އީރާނަށް މިއަދު ދިން ހަމަލާތަކާއި، އެޔާ ވިދިގެން އީރާރުން ގަލްފު ގައުމުތަކަށް ދެމުންދާ ރައްދު ހަމަލާތަކާ ގުޅިގެން، މެދުއިރުމަތީގެ ގައުމުތަކުގައި ދިރިއުޅޭ އަދި ދަތުރުކުރާ ދިވެހިން ސަމާލުވުމަށް ސަރުކާރުން އިލްތިމާސްކޮށްފިއެވެ.

އީރާނަށް ދިން ހަމަލާއާ ގުޅިގެން އެ ގައުމުން ދަނީ މެދުއިރުމަތީގެ އެކި ގައުމުތަކުގައި އެމެރިކާއިން ގާއިމްކޮށްފައި ހުރި އަސްކަރީ މަރުކަޒުތަކަށް ބޮން އަޅަމުންނެވެ. އޭގެތެރޭގައި ސައުދީ އަރަބިއްޔާ، ގަތަރު، ޔޫއޭއީ އަދި އުރުދުންފަދަ ގައުމުތައް ހިމެނެއެވެ.

މި ހަމަލާތަކާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ހާއްސަކޮށް ހަމަލާ އަމާޒުވަމުންދާ ގައުމުތަކުގައި މިވަގުތު ތިބި ދިވެހިން ބޭރުތެރެއަށް ނުކުމެ އުޅުން ވީހާވެސް މަރުކޮށް، އެގައުމެއްގެ ސަރުކާރުން ދޭ އިރުޘާދުތަކާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

އެ ސަރަހައްދުގައި މިވަގުތު ތިބި ދިވެހިން ހާލަތު، މިނިސްޓްރީންނާއި މެދުއިރުމަތީގައި ހުންނަ ރާއްޖޭގެ އެމްބަސީތަކުން ބަލަމުންދާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

އޭގެއިތުރުން، ބޭނުންވެއްޖެ ހިނދެއްގައި ކޮންސިއުލާ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން، އެ ސަރަހައްދުގައި އުޅޭ އެންމެހާ ދިވެހިން ވީ އެންމެ އަވަހަކަށް، އެންމެ ކައިރީގައި ހުރި ދިވެހި އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް ވެސް މިނިސްޓްރީން ވަނީ އެދިފައެވެ.

މިނިސްޓްރީން ވަނީ އެ ސަރަހައްދުތަކުގައި ކުރި އެމްބަސީތަކާއި މިނިސްޓްރީގެ ހޮޓްލައިން ނަންބަރުތައްވެސް ހިއްސާކޮށްފައެވެ.

  • ދޯހާގައި ހުންނަ ރާއްޖޭގެ އެމްބަސީ: 97451777896+
  • ޔޫއޭއީގައި ހުންނަ ރާއްޖޭގެ އެމްބަސީ: 97126740200+
  • ސައުދީގައި ހުންނަ ރާއްޖޭގެ އެމްބަސީ: 966506894477+
  • ފޮރިން މިނިސްޓްރީގެ ކޮންސިއުލާ ހޮޓްލައިން: 7983400(ވަޓްސްއެޕް)

މެދުއިރުމަތީގައި މިހާރު ބަދަލުކުރަމުންދާ ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބޮޑެތި އެއާލައިންތަކުގެ ދަތުރުތައްވެސް ވަނީ ކެންސަލްކޮށްފައެވެ. ރާއްޖޭން އެސަރަހައްދަށް ދަތުރުކުރާ ގިނަ ފްލައިޓްތައްވެސް މިހާރު ވަނީ ކެންސަލްކޮށްފައެވ

Leave a Reply