
ގިނަ އަދަދެއްގެ ވޭޕްއާއެކު ހައްޔަރުކުރި ބިދޭސީއަކު ޑީޕޯޓުކުރަން ނިންމައިފި އެވެ.
މި މަހު 12 ވަނަ ދުވަހު ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނާއި ރެސްޕޯންސް އެންޑް ޕެޓްރޯލް ގުޅިގެން ހިންގި އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެދަށަށް ގެނައީ ޗައިއޮން، ބަންގްލަދޭޝް (34އ) އެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އޭނާ ދިރިއުޅޭ ތަން ބަލައިފާސްކުރިއިރު 959 ނެނޯ ސްޓިކާއި، 34 ފްލޭވަރއާއި، ޑިސްޕޯސަބަލް 11 ސްޓިކް ފެނުނުކަމަށް ފުލުހުން ބުންޏެވެ. އެހެންވެ އޭނާއަކީ ވޭޕްގެ ވިޔަފާރިކުރަ މީހެއްކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އޭނާ މިހާރު އިމިގްރޭޝަންއާ ހަވާލުވެސްކޮށްފައިވާ ކަމަށެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































