ފ. އަދި ދ. އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް މިއަދު ފަށައިފިއެވެ.

މިއަދު ދ. މީދޫ އަދި ފ. ނިލަންދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އާރުޓީއެލްގެ ހިދުމަތް އިފްތިތާހުކޮށްދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހަައްމަދު އަމީންއެވެ.

އެމްޓީސީސީން ބުނީ މި މަހުގެ 25ވަނަ ދުވަހާ ހަމައަށް ދެ އަތޮޅުގެ ރަށްތަކުގެ ކައުންސިލްތައް މެދުވެރިކޮށް ޖާގަ ހޯދުމަށް ފަހު ހިލޭ ދަތުރުކުރެވޭނެ ކަމަށެވެ. އޭގެ ފަހުން ދަތުރުކުރަން ޖެހޭނީ އާރުޓީއެލް އެޕްއިން ޓިކެޓް ނަގައިގެންނެވެ.

ނަމަވެސް މާދަމާ ރޯދަ ފެށޭ ނަމަ ދަތުރުތަކެއް ނޯންނާނެއެވެ. އަދި ހުކުރުގައި ވެސް ދަތުރުތަކެއް ނޯންނާނެއެވެ.

ފ. އަދި ދ. އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް ފެށުމުން މިހާރު އާރުޓީއެލްގެ ހިދުމަތް ނުލިބެނީ ހަމައެކަނި ކ.، އއ.، އދ.، ވ.، އަދި މ. އަދި ލ. އަތޮޅަށް އެކަންޏެވެ.

އެ އަތޮޅުތަކަށް ވެސް އާރުޓީއެލްގެ ހިދުމަތް ދިނުމަށް ތައްޔާރުވަމުންދާކަމަށް އެމްޓީސީސީން ބުންޏެވެ.

Leave a Reply