މާލޭ ސަރަހައްދުގައި ފޯރުކޮށްދެވޭ ފެނުގެ ހިދުމަތުގެ ކަށަވަރުކަން އިތުރުކުރުމަށް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ކުރިއަށް ގެންދާ، މާލެ އާއި ހުޅުމާލޭގެ ފެނުގެ ވިޔުގަ ގުޅާލުމުގެ މަޝްރޫއުގެ 65 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.
2016 ވަނަ އަހަރު ފަށާފައިވާ، މި މަޝްރޫއުގެ ބައެއް މުހިންމު މަސައްކަތްތައް ތަފާތު އެކި އެކި ސަބަބުތަކާއި ހުރެ ގިނަދުވަސްތަކެއްވަންދެން ހުއްޓިފައި އޮތުމަށްފަހު އަލުން ފަށާފައި ވަނީ މިދިޔަ އަހަރު ކަމަށް އެމްޑަބްލިޔުއެސްސީއިން ބުނެއެވެ.
އެގޮތުން މާލެއާއި ހުޅުމާލެއާ ދެމެދު އަޅާފައިވާ 20 އިންޗި ޑައިމީޓަރު ހުންނަ 5 ކިލޯމީޓަރުގެ ދިގު މައި ހޮޅި ސާފުކޮށް ޑިސްއިންފެކްޓް ކުރުމާއި ޕްރެޝާ ޓެސްޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ފަށާފައިވާކަން އެމްޑަބްލިޔުއެސްސީއިން ފާހަގަކުރެއެވެ.
އެމްޑަބްލިޔުއެސްސީއިން ބުނީ މާލެއާއި ހުޅުމާލޭގައި ގާއިމްކުރެވޭ ޓްރާންސްފާ ޕަމްޕް ސްޓޭޝަންތަކުގެ ފައުންޑޭޝަން މަސައްކަތްތައް ނިންމާ އިމާރާތުގެ އޮނިގަނޑުގެ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ. އެގޮތުން މާލޭގެ ޕަމްޕް ސްޓޭޝަންގެ މުޅި މަސައްކަތުގެ 25 ޕަސެންޓް…