ޕްރައިމަރީ ހެލްތްކެއާގެ ހިދުމަތް ހަރުދަނާ ކުރުމަށް 6 އަތޮޅެއްގައި ޓްރެއިނިން ކުރިއަށް ގެންގޮސްފިއެވެ.
ހެލްތް މިނިސްޓްރީ އިން ބުނީ މުޅި ރާއްޖޭގައި ޕްރައިމަރީ ހެލްތް ކެއާގެ ހިދުމަތް ހަރުދަނާ ކުރުމުގެ ގޮތުން މިހާތަނަށް 6 އަތޮޅެއްގައި ޕްރައިމަރީ ހެލްތް ކެއާ ޓްރެއިނިން ކުރިއަށް ގެންގޮސްފައިވާ ކަމަަށާއި، އެއީ ރ، ބ، ފ، ދ، ގދ އަދި ޏ އަތޮޅު ކަމަށެވެ.
ފެންވަރު ރަނގަޅު ޕްރައިމަރީ ހެލްތްކެއާއެއް ދިނުމަށް މާލޭގައި 6 އަވަށަކާއި އަތޮޅު ތެރޭގައި ސެންޓަރުތައް ގާއިމުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ. މި ސިސްޓަމުގެ ތެރެއިން ސިއްހީ ހިދުމަތުގެ އިސްރާފުތައް ކުޑަކުރެވިގެން ދާނެގޮތަކަށް މި މަސައްކަތް ކުރިއަށް ގެންދިއުމަށް ރައީސް ނިންމަވާފައިވާ ކަމަށް ރައީސްއޮފީހުން ވަނީ ބުނެފައެވެ.
https://x.com/MoHmv/status/1881252694725394696
ރައީސްއޮފީހުން ވަނީ މި ހިދުމަތްތައް ފޯރުކޮށްދިނުުގައި މާލެ ސަރަހައްދާއި ރީޖަނަލް ސިޓީތަކުގައި ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ޖާގަ ހަމަޖެއްސުމުން އަދި ސެންޓަރުތައް ގާއިމުކުރުމުން ރައްޔިތުން ކިއުގައި މަޑުކުރަން ޖެހޭ ވަގުތު މަދުވެގެން ދާނޭ…