ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން 55 ރަށެއްގައި ކައުންސިލް އިދާރާގެ އާ އިމާރާތް އެޅުމަށް މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ހެކްސްޓާ ގްލޯބަލްއާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް ހަވާލުކުރުމަށް އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސިޓީސް ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޑރ. ފާތުމަތު މުނާއެވެ. ކޮންޓްރެކްޓާގެ ފަރާތުން ސޮއިކުރެއްވީ ހެކްސްޓާ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަލީ ޝަރީފްއެވެ.
ކައުންސިލް އާ އިމާރާތް އެޅުމަށް ބޭނުންވާ ރަށްތަކުން އެކަމަށް އެދުމަށް ހުޅުވާލި ފުރުސަތުގައި، ކައުންސިލްތަކުގެ ހާލަތަށް ބެލުމަށް ފަހު 102 ކައުންސިލްގެ އާ އިމާރާތް އެޅުމަށް ޝަރުތު ހަމަވާ ކަމަށް ސިޓީސް ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީން ވަނީ ނިންމާފައެވެ. މީގެތެރެއިން ފުރަތަމަ 55 ރަށުގެ މަސައްކަތް ހަވާލުކޮށްފައި މި ވަނީ 2 އަހަރާ 6 މަސް ތެރޭގައި ނިންމުމަށެވެ.
އެ މިނިސްޓްރީން ބުނާ ގޮތުގައި މި އިމާރާތްތައް ވެގެންދާނީ ޖާގަ ތަނަވަސް އަދި ކައުންސިލަރުންނާ…