ދެވަނަ ދައުރަކަށް ހުވާކުރެއްވި އެމެރިކާގެ ރައީސް ޑޯނާލްޑް ޓްރަމްޕަށް މަރުހަބާ ދަންނަވައިފިއެވެ.
މިދިޔަ ނޮވެމްބަރު މަހުގެ ކުރީކޮޅު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިހާބުގައި އެ ގައުމުގެ ކުރީގެ ނައިބު ރައީސް ކަމަލާ ހެރިސް އާ ވާދަކުރައްވައި ޓްރަމްޕް ކުރި ހޯއްދެވީ އިލެކްޓޯރަލް ކޮލެޖުގެ 51 ޕަސެންޓުންނެވެ.
ޓްރަމްޕް ހުވާކުރެއްވީ ރާއްޖެ ގަޑިން މިރޭ 10 ޖެހިއިރުއެވެ.
ޓްރަމްޕަށް މަރުހަބާ ދަންނަވައި ރައީސް ވިދާޅުވީ، އިންޑިއާ ކަނޑުގެ ކުދި ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއިން ސަރަހައްދީ ސުލްހަ މަސަލަސްކަން ކުރިއެރުވުމަށްޓަކައި ދެ ގައުމުގެ ދެމެދުގައިވާ ސިޔާސީ ގުޅުމުގެ ތެރެއިން ކުރެވޭ މަސައްކަތްތަކާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި، ދުނިޔޭގެ ހަމަޖެހުމަށްޓަކައި ޓްރަމްޕްގެ ސަރުކާރާ އެކު މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ކަމަށެވެ.
ރައީސްގެ މެސެޖުގައި އެމެރިކާ އާއި ރާއްޖޭގެ ގުޅުމަށް މި އަހަރު 60 އަހަރު ފުރޭ ކަން ފާހަގަކުރައްވައި، އެއީ ދެ ގައުމުގެ ގުޅުން ގާތްކަން ރަމްޒުކޮށްދޭ ކާމިޔާބީއެއް ކަމަށް ސިފަކުރެއްވިއެވެ.
އެގޮތުން ވިޔަފާރިއާއި އިގްތިސޯދީ ގުޅުން ބަދަހިކުރުމާއި، ސަލާމަތީ…