އުމުރުން 60 އަހަރު ފުރިފައިވާ މީހުން ހާއްސަ ލައިސެންސެއް ނަގަން ޖެހޭ ގޮތަށް އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ ގަވާއިދަށް މިއަދު އިސްލާހު ގެނެސްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ގެނައި އިސްލާހު ސަރުކާރުގެ ގެޒެޓުގައި މިހާރު ވަނީ ޝާއިއުކޮށްފަ އެވެ.

އެ އިސްލާހުގައިވާ ގޮތުން އުމުރުން 60 އަހަރު ފުރިފައިވާނަމަ ވެހިކަލްތައް ދުއްވަން ހާއްސަ ލައިސެންސެއް ނަގަން ޖެހޭނެ އެވެ.

އަަލަށް ގެނައި އިސްލާހުގެ ދަށުން އެ އުމުރުފުރާގެ މީހުންނަށް ލައިސެންސް ދޫކުރެވޭނީ މޮޓޯސައިކަލާއި އޮޓޯ ސައިކަލާއި ރަށުޕިކަޕް ފަދަ އުޅަނދުތައް ދުއްވުމަށެވެ. އެހެން އުޅަނދުތައް ދުއްވުމުގެ ހުއްދަ 60 އަހަރުން މަތީގެ މީހުުންނަށް ނުލިބޭނެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން ދޮށީ އުމުރުގެ ފަރާތްތަކަށް ހާއްސަކުރެވިފައިވާ ލައިސަންސް ދޫކުރުމުގެ ހިދުމަތްދޭ ކައުންސިލްތަކުނ،ް މަދުވެގެން 4 ގަޑިއިރުގެ ތަމްރީނު
ޕްރޮގްރާމެއް ކުރިއަށް ގެންދަންވާނެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *