ސައުދީ އަރަބިއްޔާއިން ރާއްޖޭގެ ރައްޔިތުންނަށް ހަދިޔާކުރި ކަދުރު ބެހުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީއިން ފަށައިފިއެވެ.
ކަދުރު ބެހުމުގެ މަސައްކަތް މިއަދު ފަށާފައި ވާއިރު މާލެ، ހުޅުމާލެ އަދި ވިލިމާލެއަށް ކަދުރު ބެހުމުގެ މަސައްކަތް ކުރިއަސް ދަނީ އިސްލާމިކް މިނިސްޓްރީގައެވެ.
އިސްލާމިކް މިނިސްޓްރީއިން ބުނީ ކަދުރު ބަލައި ހާޒިރުވާ ތަރުތީބުން ކޮންމެ ގޭބިސީއަކަށް 1 ޕެކެޓު ކަދުރު ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ކަދުރު ބެހުމަށް ހަމަޖެހިފައި ވަނީ އެ ގޭބިސީއެއްގެ ކަރަންޓު މީޓަރުގެ ނަންބަރަށް ބަލައި އަދި ކަދުރާ ހަވާލުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަށް ބެލުމަށްފަހުގައި ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެއެވެ.
ރަށްރަށުގައި ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް މެދުވެރިކޮށް ކަމަށް ވެސް އިސްލާމިކް މިނިސްޓްރީއިން ވަނީ ބުނެފައެވެ. އަދި މާލެ ސަރަހައްދުގައި ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން އަންނަ މަހުގެ 6 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 09:30…