އާދީއްތަ ދުވަހަކީ މި އަހަރުގެ ފިތުރު އީދު ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް ޝާއިއު ކުރެއްވި ލިޔުމެއްގައި ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު ‘ވޮއިސް’އަށް ފޮނުއްވި ލިޔުއްވުމެއްގައި ގޮތުގައި ސައޫދީ އަރަބިއްޔާ، މިސްރު، ތުރުކީ، މޮރޮކޯ ފަދަ އިސްލާމީ ގައުމުތަކަށް މި ހިނގާ މާޗު މަހު 29 ގައި އިރުއޮއްސުމަށް ފަހު ހަނދު ނޯއްސި 8 މިނެޓާއި 20 މިނެޓާ ދެމެދުގެ މިންވަރަކަށް ހުންނާނެ ކަމަށް ފަލަކީ ހިސާބުން ދައްކާތީ އެވެ.

އެހެންވެ ޖެހިގެން އަންނަ ދުވަސް، މާޗު 30 އަކީ މި އަހަރުގެ ފިތުރު އީދު ދުވަހަށް ވާނެ ކަމަށް ވަރަށް ބޮޑަށް ޔަގީން ކުރެވޭ ކަމަށް މައުމޫން ލިޔުއްވާފައިވެ އެވެ. މާޗު 29، ހޮނިހިރު ދުވަހަކީ ރޯދަ މަހުގެ ފަހު ދުވަސް ކަމަށް ވިދާޅުވި އެވެ.

ރައީސް މައުމޫނަކީ ފަލަކީ އިލްމުގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ.

Leave a Reply

Your email address will not be published. Required fields are marked *