ޖޫސްޕެޓީ ކޮތަޅެއްގެ ޑްރަގާ އެކު މާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، އޭނާ ހައްޔަރުކޮށްފައި ވަނީ 2026 ޖުލައި 30ވަނަ ދުވަހުގެ ރޭ، ގޭންގު ކްރައިމް ސަޕްރެޝަންގެ ފުލުހުން މާލެތެރެ ޕެޓްރޯލްކުރަމުންދިޔައިރު، އޭނާއާމެދު ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކޮށްފައި ކަމަށެވެ. އަދި އޭނާ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުދަރެސް / ތ. ދިޔަމިގިލި، ރާޝިދު ޢަބްދުލްމަޖީދު (26އ) ކަމަށާއި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.