ސައިކަލު ދުއްވަމުން ފޯނު ބޭނުންކުރި މީހެއްގެ ލައިސަންސް ހިފަހައްޓައިފި އެވެ.

ފުލުހުން މިއަދު ހަވީރު ބުނީ ސައިކަލު ދުއްވަމުން ފޯން ބޭނުންކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާޓީ އެ މައްސަލަ ބެލުމަށްފަހު، ސައިކަލު 30 ދުވަހުގެ މުއްދަތަށް ޓޯކޮށްފައިވާ ކަމަށެވެ.

އަދި 2000 ރުފިޔާއިން ޖޫރިމަނާކޮށް ސައިކަލް ދުއްވި ފަރާތުގެ ލައިސަންސް ވެސް ހިފަހައްޓާފައިވާ ކަމަށެވެ.

“ތިމާ އާއި، މަގު ބޭނުންކުރާ އެންމެހައި ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ޓްރެފިކް ގަވާއިދުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެކެވެ.” ފުލުހުން އިތުރަށް ބުންޏެވެ.

Leave a Reply